އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކޮންމެ އަހަރެއްގެ ސްކޫލްބަންދާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުދިން ޚިތާނު ކުރުމުގެ ކަންތައްތައް މިއަދު ފަށައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ "ޚިތާނު ކޭމްޕް" މިއަދު ހަވީރު ފެށި އިރު 828 ކުދިން އެ ހޮސްޕިޓަލުން ޚިތާނު ކުރުމަށް ނަންނޯޓްކޮށްފައިވާ ކަމަށެވެ. ޚިތާނު ކުރުމުގެ ކަންތައް ހަފުތާއަކު ހަ ދުވަހު ކުރިއަށް ގެންދާ އިރު ދުވާލަކު ޚިތާނު ކުރާނީ 15 ކުދިން ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

ޚިތާނުކޮށްފައި ތިބޭ ކުދިންނަށް އުފާވެރި މާހައުލެއް ހޯދައި ދިނުމަށް ޓަކައި އައިޖީއެމްއެޗުން ވަނީ ވޯޑެއް ޒީނަތްތެރިކޮށް، ކުދިން ބޭއްވުމުގެ އިންތިޒާމު ހަމަޖައްސައިފަ އެވެ.