ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ސިނަމާ "އޮލިމްޕަސް" ހިންގާނެ ބަޔަކު ހޯދުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެެންޓާ ފޮ ދި އާޓްސް (އެންސީއޭ)ގެ ބެލުމުގެ ދަށުގައި ހުރި އޮލިމްޕަސް ކުއްޔަށް ދިނުމަށް މީގެ ކުރިން ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިދިޔަ އަހަރުގެ ކުރީކޮޅުގައި ހުޅުވާލި ފުރުސަތުގައި ކަމުދާ ހުށަހެޅުންތަކެއް ހުށަހަޅާފައި ނެތުމުން އެކަމަށް ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ހުށަހެޅުންތައް ވަނީ ބާތިލް ކޮށްފައެވެ.

އޮލިމްޕަސް ހިންގާނެ ބަޔަކު ހޯދުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ގެ ނިޔަލަށް ކަމަށް އެންސީއޭ އިން ވަނީ ބުނެފައެވެ.

އެންސީއޭ ހަވާލުކުރާ ބަޔަކު އެތަނުގައި ފިލްމުދައްކާނީ އެންސީއޭ އިން ކަނޑައަޅާގޮތެއްގެމަތިންނެވެ.

ބަޔަކާ ހަވާލުކުރުމާއެކު އޮލިމްޕަހުގައި ދައްކާ ތަކެތީގެ ފެންވަރު ރަނގަޅުކޮށް އެތަނުގެ ޚިދުމަތްތައް ފުޅާ ކުރެވޭނެ ކަމަށްވެސް އެންސޯއޭ އިން ބުންޏެވެ. އެގޮތުން ދިވެހި ފިލްމުގެ އިތުރުން އެހެން ބަހުގެ ފިލްމުތައް ދައްކަން ފެށުން ހިމެނެއެވެ.