21 Nov 2015, 09:38
ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީ އިއްޔެ ބުނީ އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ދުންޔާ ރޭ އިންޑިއާ އަށް ފުރާވަޑައިގެންފި ކަމަށެވެ. ދުންޔާ އިންޑިއާ އަށް ވަޑައިގެންނެވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު މިހާރު ވެސް އޮތް ގުޅުން އިތުރަށް އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުން ކަމަށް ވެސް ބުންޏެވެ.
ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވާރާޖާ ބައްދަލުކުރައްވާނެ އެވެ. ދުންޔާ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އާއިޝަތު އަޒީމާ ބައިވެރިވެވަޑައިގަންނަވަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ސުޝްމާ ސްވަރާޖް މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.
ސުޝްމާ އޭރު ރާއްޖެ އަށް ވަޑައިގަތީ ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށެވެ.
އޭރު ބޭއްވީ އެކޮމިޝަނުގެ ފަސްވަނަ ބައްދަލުވުމެވެ.