ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރެއިން އަތުލާފައިވާ ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފި އެވެ.

ކަސްޓަމްސް އިން އިއްޔެ ބުނީ ނައްތާލެވުނު ތަކެތީގެ ތެރޭގައި 1751 ފުޅި ބަނގުރަލާއި 440 ދަޅު ބިޔަރު ހިމެނޭ ކަމަށެވެ. އެތަކެތި ނައްތާލާފައި ވަނީ އެކްސްކަވޭޓަރު ބޭނުންކޮށްގެން ފުޅިތަކާއި ދަޅުތައް ޗިސްކޮށްލައިގެންނެވެ.

ކަސްޓަމްސްއިން ބަނގުރާ ނައްތާލަނީ-- ފޮޓޯ: ކަސްޓަމް

އެތަކެތި ނައްތާލެވިފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ވޭސްޓް މެނޭޖްމަންޓުގެ އެހީތެރިކަމާ އެކު ތިލަފުށީ ކުނިކޮށި ސަރަހައްދުގަ އެވެ. ހަމައެހެންމެ އެތަކެތި ނައްތާލާފައި ވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެސަނަލް ސެކިއުރިޓީ އާއި އެމްއެންޑީއެފްގެ ކަމާގުޅޭ ބޭފުޅުން އަދި ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.