20 Nov 2015, 21:31
ބާރު ސްޕީޑުގައި ވަން ވޭއާ އިނދިކޮޅަށް ދުއްވާފައި ދިޔަ ކާރެއް ހިފަހައްޓައި ބަލައި ފާސްކުރިއިރު، އެ ކާރުން ބަނގުރާ ފެނިއްޖެ އެވެ.
އެ މައްސަލާގައި ބިދޭސީ ދެ އަންހެނުންނާއި ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންނާއެކު ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ހާޒިރުގައި އެ ކާރު ބަލައި ފާސްކުރަނިކޮށް ބަނގުރާ ފުޅިއެއް ވަނީ ފެނިފަ އެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރުން ހައްޔަރު ކުރި މީހަކު ބިޑި އަޅުވާފައި -- ސަން ފޮޓޯ/ އަލީ ނަސީރު
ބާރު ސްޕީޑުގައި ވަން ވޭއާ އިނދިކޮޅަށް ދުއްވާފައި ދަނިކޮށް ކާރު ހިފެހެއްޓީ ބުރުޒުމަގުން ފާށަނާކިލެގެ މަގަށް ވަންވޭއާ އިދިކޮޅަށް ދަނިކޮށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން އެ ކާރު ހުއްޓުވަން މަސައްކަތް ފެށީ ޓޯޔާޑު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ.
ބާރު ސްޕީޑުގައި ވަންވޭ ފަޅާލާފައި ދާން އުޅުނު ކާރެއް ހިފަހައްޓައި ބަލައިފާސްކުރަނީ-- ސަން ފޮޓޯ/ އަލީ ނަސީރު