20 Nov 2015, 17:09
މި މަހު 13 ވަނަ ދުވަހު ލުބުނާންގެ ވެރިރަށް ބޭރޫތައް ދިން ބޮމުގެ ހަމަލަގައި މަންމަ އާއި ބައްޕަ މަރުވި އުމުރުން ތިން އަހަރުގެ ކުޖެއް ކަމަށްވާ ހައިދަރު މުސްޠޮފާއާ ބައްދަލު ކުރުމަށް ޕޯޗްގަލްއާ ރެއާލް މެޑްރިޑްގެ ފޯވަޑް ކްރިސްތިއާނޯ ރޮނޯލްޑޯ ނިންމައިފި އެވެ.
ލުބުނާންގެ ރެއާލް މެޑްރިޑްގެ ފޭން ކުލަބުގެ ހެޑް ބަރާހް ޙަސަން ވަނީ ހައިދަރު ހޮސްޕިޓަލްގައި ވަނިކޮށް ޒިޔާރަތްކޮށްފަ އެވެ.
ހައިދަރަކީ ރޮނާލްޑޯއާ ރެއާލް މެޑްރިޑްގެ ސަޕޯޓަރެކެވެ.
ބަރާހް ވަނީ ރެއާލްގެ ފަރާތްތަކާ ގުޅައި ހައިދަރުގެ މައުލޫމާތުތައް ރެއާލް މެޑްރިޑާ ހިއްސާކޮށްފައެވެ.
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްވަނީ މިވަގުތު ހައިދަރުއާ ހަވާލުވެ ތިބި މީހުންންނަށް ގުޅައި އޭނާއާ ވާހަކަ ދައްކަވައި ރޮނަލްޑޯއާ ބައްދަލުކުރުމުގެ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ރޮނަލްޑޯއާ ސްޕެއިންގެ ސަމާލުކަމަށް މިކަން އައީ ލުބުނާންގެ ޖަނަލިސްޓެއް ކަމައްވާ ރަނާ ހާބީ ޓްވިޓާ މެދުވެރިކޯށް ހިންގި ކެމްޕޭންގައި 'ރޮނާލްޑޯ ހައިދަރާ ބައްދަލު ކުރުމަށް' ގޮވާލަ ހޭޝްޓެގްގައި މިކަން ޕްރަމޮޓް ކުރުމުންނެވެ.
Can we help Haidar (who lost both his parents in the terrorist attack on#Beirut) meet@Cristiano?@realmadridenpic.twitter.com/oPXE7RawL3
— Rana Harbi (@RanaHarbi)November 16, 2015
ލުބުނާންއަށް ދިން ބޮމުގެ ހަމަލާގައި 43 މީހުން މަރުވެފައެވެ. ހަމަ އެރޭ ފްރާންސްގެ ވެރިރަށް ޕރިހަށްވެސް ވަނީ ބޮމުގެ ހަމަލާއެއް ދީ 129 މީހުން މަރާލަފައެވެ.