ބަދު ދުއާކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައިވަނިކޮށް މިއަދުވެސް ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ބޭރުގައި ބަޔަކު ދުއާ ކޮށްފި އެވެ.

އިސްލާމިިކް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިސްލާމީ މަރުކަޒުގެ ބޭރުގައި ކޮންމެ ހުކުރު ދުވަހަކު ބަޔަކު ކުރާ ދުއާގައި ވަކި ބަޔަކާ ދެކޮޅަށް ބަދު ދުއާ ކުރާ ކަމަށާއި އެކަން އެގޮތަށް ކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދު އިސްލާމީ މަރުކަޒު ބޭރަށް އެއްވެ އެމްޑީޕީއަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ފަރާތްތަކުން ދުއާ ކުރަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

މިއަދު އިސްލާމީ މަރުކަޒު ބޭރަށް އެއްވެ އެމްޑީޕީއަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ދުއާކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ދުއާ ކުރި ފަރާތްތައް ހުއްޓުވަން ފުލުހުން ވެސް އަދި އެހެން ބަޔަކު ވެސް މަސައްކަތްކޮށްފައެއް ނުވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން އެގޮތަށް ދުއާ ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ޚިލާފު ކަމެކެވެ. އަދި ކަމަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ކަމެކެވެ.