20 Nov 2015, 13:39
ސުނާމީ ބިނާ މާލެ އިރު ދެކުނު ފަރާތުން ތިން ރުއް ޕާކަށް ބަދަލު ކުރުމުގެ މަސައްކަތް ހައުސިންގް މިނިސްޓްރީން ފަށައިފި އެވެ.
ހައުސިންގް މިނިސްޓްރީން ސުނާމީ ބިނާ ނެގުމުގެ މަސައްކަތް ފެށީ އިއްޔެ އެވެ. އެ މިނިސްޓްރީން ކުރިން ބުނެފައި ވަނީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ސުނާމީ ބިނާ ތިން ރުއް ޕާކަށް ބަދަލުކޮށް ނިންމާނެ ކަމަށެވެ.
ސުނާމީ ބިނާ ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ
ސުނާމީ ބިނާ އެހެން ސަރަހައްދަކަށް ބަދަލުކުރަނީ މާލެ-ހުޅުލެ ބްރިޖް މާލެއާ ގުޅިވައިދޭ ސަރަހައްދަކީ މާލެ އިރު ދެކުނު ފަރާތު ކަމަށްވާތީ އެވެ. ބްރިޖް އަޅަނީ ހުޅުލޭ ދެކުނު ފަރާތުން ރަންވޭ ކޮޅުން ފެށިގެން މާލޭ އިރު ދެކުނު ފަރާތަށެވެ.
ސުނާމީ ބިނާއަކީ ރާއްޖޭގެ އެކިއެކި ރަށްރަށަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި އެ ކާރިސާގައި ނިޔާވެގެން ގޮސްފައިވާ ދިވެހިންގެ ހަނދާނުގައި އަޅާފައިވާ ބިނާއެކެވެ. އެ ކާރިސާގައި ރާއްޖެ އިން 82 މީހަކު މަރުވި އެވެ. އަދި އެތައް ބަޔަކު ގެއްލުނެވެ.
ސުނާމީ ބިނާ ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ -- ފަޔާޒު މޫސާ