ައަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މީހުން ވިސާއަށް އެދި ހުށަހަޅާއިރު ހަ މަސް ނުވާ މެޑިކަލް ރިޕޯޓެއް ހުށަހަޅަން ޖެހޭ ގޮތަށް ޑިޕާޓްމެން އޮފް އިމްގްރޭޝަން އެންޑް އެމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަން ޑިޕާޓްމެންޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޯކްވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ބަލައިގަންނާނީ މެޑިކަލް ހެއްދުމަށް ހުއްދަ ދެވިފައިވާ ރާއްޖޭގެ ކަމާބެހޭ ހޮސްޕިޓަލް ނުވަތަ ކްލިނިކްއަކުން އެންޑޯޒްކޮށް ދޫކޮށްފައިވާ ހަ މަސްނުވާ މެޑިކަލް ރިޕޯޓެއް ހުށަހެޅުމުން ކަމަށެވެ.

ވިސާއަށް އެދި ހުށަހަޅާ މެޑިކަލް ރިޕޯޓަކީ، އެ ކެޓަގަރީއެއްގެ ވީޒާ މުއްދަތަށް ވެލިޑިޓީ އޮތް މެޑިކަލްއެއް ކަމުގައި ވާން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަންގެ އިއުލާނުގައި ބުނެފައިވެ އެވެ.

ބިދޭސީން ވޯކްޕާމިޓް ހެދުމަށް ކޮންމެހެން ހަދަން ޖެހޭ މެޑިކަލް ޓެސްޓްތަކުގެ ތެރޭގައި ފިސިކަލް އެގްޒަމިނޭޝަން އާއި މޭގެ އެކްސްރޭ، އެޗްއައިވީ އަދި ޓީބީ ޓެސްޓުގެ އިތުރުންވެސް ގިނަ ޓެސްޓުތަކެއް ހިމެނެ އެވެ.