20 Nov 2015, 11:38
އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޓީރެކްސްއާ ފިއޮންޓީ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ ގުރުއަތުލުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ ޓީމްތަކުން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ ކުޅުން އޮންނާނީ ރޭ ގަނޑުއެވެ.
ކޮންމެ ރެޔަކު ވެސް ދެ މެޗް ކުޅެން ހަމަޖެހިފައިވާއިރު ދެ ވަނަ މެޗުގައި ބައްދަލު ކުރަނީ ސާބާ އެކުވެރި ކުލަބާއި ކޭވައިއާރްސީ އެވެ.
މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހު 27 ވަނަ ދުވަހުގެ ރޭ ގައެވެ.