20 Nov 2015, 00:42
ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތްތައް ނިންމުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނިމުމަކަށް އަންނާތީ މަޖިލީހުގައި މިހާރު ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މި މަހު ނިމޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސައްކަތްތައް ހުރީ ކޮމެޓީ މަރުހަލާގައެވެ.