19 Nov 2015, 15:21
ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާ ގައުމީ އެތުލެޓިކްސް ޓީމްގެ ދެ ދުވުންތެރިން ކަމުގައިވާ އަހްމަދު އަޒުނީމް އާއި ހުސައިން ހަލީމު އިތުރު ތަމްރީން ހޮދުމަށް ޓަކައި އިންޑިއާ އަށް ފުރައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މަދިހް ސަން އަށް ވިދާޅުވީ އަޒުނީމް އާއި ހަލީމް އިންޑިއާގައި ދެ މަސް ދުވަސް ވަންދެން ތަމްރީން ހޯދާނެ ކަމަށެވެ.
އެ ދެ އެތުލީޓުން މާލެ އަންނާނީ އަންނަ އަހަރު ފެބްރުއަރީ 6 ން 16 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އަށް ފުރުމުގެ ދެތިން ދުވަސް ކުރިންނެވެ.
ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ޙަސަން ސާއިދު (ސާއިދު ކަލޭ) ވެސް ގެންދަނީ އިންޑިއާގައި ތަމްރީން ޕްރޮގްރާމްތަކެއް ފުރިހަމަ ކުރަމުންނެވެ.