މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސެއްގެ ގޮތުގައި ހުންނަ ބޭފުޅަކަށް އެހެން އެސޯސިއޭޝަނެއްގެ އިސް މަގާމެއްގައި ހުރުމާމެދު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން އެޓާނީ ޖެނަރަލް (އޭޖީ)ގެ އޮފީހުގެ ލަފަޔަކަށް އެދިއްޖެ އެވެ.

ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު ހުޝާމް ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

އުޝާމް ވިދާޅުވީ އެކަން އެ އޮފީހުން ބަލަމުން އަންނަ ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބުގައި އެ އެސޯސިއޭޝަންގެ ރައީސަކަށް ވާދަކުރައްވަން ނިއްމަވާފައިވާ މުހައްމަދު ޝަވީދަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްއެވެ.

އެފަދަ ނިންމުމެއް ފާސްކޮށްފިނަމަ އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގައި ހުންނަވައި ޝަވީދަށް އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރުމުގެ ފުރުސަތު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި އެނިންމުން ނިއްމެވުމުގެ ސަބަބުން އަނެއްކާވެސް އެފްއޭއެމުން އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އެ އިދާރާގެ އިންތިޚާބަށް އަސަރުކުރުމަކީ ވަރަށް ގާތްކަމެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ދެ އިސޯސިއޭޝަނެއްގެ ރައީސް ކަމަގައި އެއް ބޭފުޅަކަށް ހުރެވެއެވެ.

އެގޮތުން ކުވައިތުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޝައިޚް އަހްމަދު އަލް ފަހްދު އަލް ޞޮބާހްއަކީ އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްވެސް މެއެވެ.