ޕެރިހަށް ދިން ބޮމުގެ ހަމަލާ އަށްފަހު ޔޫރަޕްގެ ގައުމުތަކުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު 'ޔޫރަޕްގެ އެންމެ ފޯރިގަދަ ފުޓްބޯޅައިގެ ކުރިމަތިލުން'ގެ ގޮތުގައި މަޝްހޫރު ވެފައިވާ ރެއާލް މެޑްރިޑާ ބާސެލޯނާގެ ބައްދަލު ކުރާ މެޗްގެ ސަލާމަތީ ކަންކަން ބަލަހައްޓަން އެއް ހާހަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ ކަމަށް މެޑްރިޑްގެ ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

އެ މެޗަށް ޚާއްސަކޮށް 1500 ފުލުހުން ވަނީ ރެސްކިއުގެ ޚާއްސަ ތަމްރީންތަކެއް ހަދާފައެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ފުލުހުން ވަނީ ޚާއްސަ ސެކިއުރިޓީ ސިސްޓަމެއް ތާރަފްކޮށްފައެވެ.

އެގޮތުން ދަނޑަށް ވަންނަ ސަޓޯޓަރުން ޗެކްކުރުމަށް 'ބެލް ސިސްޓަމެއް" ދަނޑުގެ ދޮރުތައް ކައިރީ ފުލުހުން ބަހައްޓާނެއެވެ. ކޮންމެ ސަޕޯޓަރަކުވެސް ދަނޑަށް ވަންނާނީ ބެލް ސިސްޓަމްގެ ދޮރުންނެވެ.

އެދޮރު ސިސްޓަމް ހުރަސްކުރުމުން އެއްވެސް ނުރައްކަލަކަށް މަގުފަހިވާނެ އެއްވެސް ބާވަތެއްގެ އެއްޗެއް އޮތްނަމަ އެކަން ފާހަގަ ކުރާނެއެވެ.

މެޗު ބަލަން 85،000 ވުރެ ގިނަ ސަޕޯޓަރުން މެޗްގެ ޓިކެޓް ގަނެފައިވާއިރު މެޑްރިޑް ފުލުހުން ވަނީ ދަނޑަށް ވަންނަ ސަޕޯޓަރުން އަވަހަށް ދަނޑަށް ވަނުމަށް އެދިފައެވެ. އެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރެއަލްގެ ސެންތިއާގޯ ބެރުނަބިއު ސްޓޭޑިއަމްގައި މެޗް ކުޅެމުންދާ ވަގުތު ސްޓޭޑިއަމް ބޭރުގަޔާއި ސްޓޭޑިއަމްގެ ސަރަހައްދުގައި ހުރި މަގުތައްވެސް ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން ދާނެކަމަށް މެޑްރިޑްގެ ފުލހުން ބުނެއެވެ.

ސްޕެއިންގެ އިންޓީރިއާ މިނިސްޓަރު ޖޯޖު ފެނާންޑޭޒް ޑިއާޒް. އޭނާ ވިދާލުވީ ސަލަމާތީކަންކަން ވަރުގަދަ ކުރެވިފައިވާކަން އާންމުންނަށް ކަށަވަރުކޮށްދީ އެލްކްލެސިކޯ މެޗް ކުރިއަށް ގެންނދަން ޖެހޭ ކަމަށް---

ޕެރިހުގެ ހަމަލާއަށްފަހު މެޗް ފަސް ކުރުމަށް އަންގާނަންތޯ ސުވާލު ކުރުމުން ސްޕެއިންގެ އިންޓީރިއާ މިނިސްޓަރު ޖޯޖު ފެނާންޑޭޒް ޑިއާޒް ވިދާޅުވީ ޕެރިހުގެ ހަމަލާއަށްފަހު ޢާންމުންގެ ކަންބޮޑުވުންތައް ހުންނާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މެޗްގެ ސަލާމަތީ ކަންކަމުގެ އިންތިޒާމުތައް ވަރުގަދަ ކުރެވިފައިވާކަން އާންމުންނަށް ކަށަވަރުކޮށްދީ މެޗް ފަސް ނުކޮށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 10:00 ގައި ކުޅޭ މެޗް، ދުނިޔޭގެ އެކިކަންކޮޅުތަކުން ޓީވީ މެދުވެރިކޮށް އެކަނިވެސް 450 މިލިއަން މީހުން މީހުން ބަލާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.