ވައްކަމުގެ މައްސަލައެއްގައި ފުލުހުން ހޯދަމުން ދިޔަ މީހުންގެ ތެރެއިން އެކަކު އަމިއްލައަށް ރޭ ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ވައްކަމުގެ މައްސަލާގައި ފުލުހުން ހޯދަމުން ދަނީ ހއ. ތަކަންދޫ، އެރޯމާ، މުޙައްމަދު މިރާޒު 22، އާ ރ. ހުޅުދުއްފާރު، އާސްމާންވިލާ، އައްޔޫބު އާދަމްގެ ތެރެއިން އައްޔޫބު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން" އަށް ވިދާޅުވީ ވައްކަމުގެ މައްސަލައެއްގައި ފުލުހުން ހޯދަމުން ދިޔަ ދެ މީހުންގެ ތެރެއިން އައްޔޫބު އަމިއްލަ އަށް ރޭ ފުލުހުންނާ ހަވާލުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ފުލުހުން ހޯދަމުންދާ މީރާޒު އަދި ވެސް ނުފެންނަ ކަމަށެވެ. އޭނާ އަކީ މީގެ ކުރިން ވެސް އެހެން މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ މީހެކެވެ.