18 Nov 2015, 20:09
ނ. ހޮޅުދޫގައި މެޔަށް ވަޅި ހަރައި ޒަޚަމްކޮށްލި އުމުރުން ދުވަސްވީ މީހާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ހެލްތު ސާވިސް ޝީޒާ އިބްރާހީމް ވިދާޅުވީ އެމީހާ މަރުވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.
އެމީހާގެ މެޔަށް ވަޅިހަރާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ 7:40 އެހައިކަންހާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޙަމްދާން ނާޞިރު ވިދާޅުވީ އެމީހާގެ މެޔަށް ވަޅިހެރި މީހާ ހަމައެރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ އަމިއްލައަށް ޕޮލިސްޓޭޝަނަށް ދިޔުމުން ކަމަށް ވެސް ޙަައްމާދު ވިދާޅުވި އެވެ.
ޙަމްދާން ވިދާޅުވީ މަރުވި މީހާއަކީ އެރަށު ކުރީގެ ކަތީބު ކަމަށާއި އޭނާ އަކީ މިހާތަނަށް އެރަށު މިސްކިތުގެ ވަގުތީ މުދިމު ކަމަށެވެ.