18 Nov 2015, 15:14
އޭޝިއަން ވޮލީބޯލް ކޮންފެޑްރޭޝަން (އޭވީސީ)ގެ ބޯޑް އޮފް އެޑްމިނިސްޓްރޭޓިވްގެ މެންބަރު ކަމަށް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ރައީސް މުޙައްމަދު ރިޔާޒު ހޮވިއްޖެ އެވެ.
ރިޔާޒު އޭވީސީގެ ބޯޑަށް ހޮވިފައި ވަނީ ރާއްޖެ ހިމެނޭ ސެންޓަރަލް ޒޯނުން ވާދަ ކުރި ހަތް ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ.
އޭވީސީގެ މެންބަރު ގައުމުތައް ފަސް ޒޯނަކަށް ބާހާލާފައިވާ އިރު ސައުތު އީސްޓާން ޒޯން އާއި އޯޝޭނިއާ ފިޔަވައި ކޮންމެ ޒޯނަކުން ވެސް އިންތީޚާބު ކުރަނީ ހަތަރު މެންބަރުންނެވެ.
އޯޝޭނިއާ އާއި ސައުތު އީސްޓަން ޒޯން ސަރަހައްދުން އިންތިޚާބު ކުރަނީ ތިން މެންބަރުންނެވެ.
ސެންޓަރަލް ޒޯން އިން ރިޔާޒާ އެކު ބޯޑަށް އިންތީޚާބުވި އަނެއް ތިން ބޭފުޅުންނަކީ އީރާންގެ ވޯލީބޯލް އެސޯސިއޭޗަންގެ ރައީސް ޑރ. ޒަވަރުޒާނީއާއި އިންޑިއޯގެ ވޯލީބޯލް އެސޯސިއޭޝަންގެ ރައީސް ޗައުދަރީ އަވަދޭޝް ކުމާރު އާއި ކަޒަކިސްތާންގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް ޔާމެކް ސްލީ ބައެވް އެވެ.
ސައުދީ ޢަރަބިއްޔާގެ ރިއާޒުގައި ކުރިއަށްދާ ކޮންގްރެސްގައި ރިޔާޒު ވަނީ ދުނިޔޭގެ ވޮލީބޯލައިގެ ޖަމްއިއްޔާ ފެޑްޜޭޝަން އިންޓަނޭޝަނަލް ވޮލީބޯލްގެ ރައީސް ޑރ. އޭރީ ގާޝިއާއާ ބައްދަލުކުރައްވައިފަ އެވެ.

އެފްއައިވީބީގެ ރައީސް އޭރީ ގާޝިއާ (ވ) އާއި ވީއޭއެމްގެ ރައީސް މުޙައްމަދު ރިޔާޒު --- ފޮތޯ/ ވީއޭއެމް
އޭވީސީގެ ބޯޑް އޮފް އެޑްމިނިސްޓްރޭޝަންގައި އޭވީސީގެ ރައީސްއާ އެކު ޖުމުލަ 21 މެންބަރުން ތިއްބެ އެވެ.
މިއަދު ވަނީ އޭވީސީގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް މިހާރުގެ ވެސް ރައީސް ސައުދީ ޢަރބިއްޔާގެ ޑރ. ޞާލްހް ބިން ނަޞީރު އިންތީޚާބުކޮށްފަ އެވެ.