17 Nov 2015, 23:19
ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ރާއްޖޭގެ މަޝްހޫރު ސްޕޯޓްސް ޖާނަލިސްޓް އަދި ޓީވީއެމްގެ ސްޕޯޓްސް އެޑިޓަރު ހަފުސީ ޢަބްދުﷲ ޒުވާނުންގެ އެވޯޑް ހޯދައިފިއެވެ.
ހަފުސީ ޒުވާނުންގެ އެވޯޑް ހާސިލު ކުރީ ޒުވާނުންގެ ދުވާހާ ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ޚާއްސާ ޖަލްސާއެއްގައެވެ.
ހަފުސީ ވަނީ ޓީވީއެމްގެ އިތުރުން ކުރީގެ އާފަތިސް ނޫހުގައި މަސައްކަތްކޮށްފައެވެ. އަދި އައްޑުވަސް މަޖައްލާއާއި މަނަސް މަޖައްލާގެ ކުޅިވަރު ކޮލަމަށްވެސް ހަފުސީ ވަނީ ރިޕޯޓްތައް ލިޔެފައެވެ.
ހަފުސީގެ އިތުރުން އެހެން ބޭފުޅަކުވެސް ވަނީ ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޒުވާންގެ އެވޯޑް ހޯދައިފައެވެ. އެއީ ނ. ހޮޅުދޫ، ތްރީރޯޒް މޫސާ އިބްރާހިމް އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު (ސާއިދު ކަޅޭ) ވަނީ މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް އެވޯޑް ހޯދައިފައެވެ.