17 Nov 2015, 16:51
އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު ކޮމިޝަނާ ޖެނެރަލްގެ އޮފް ކަސްޓަމްގެ މަގާމަށް އައްޔަން ކުރެއްވުމުން، ހުސްވެފައިވާ އެމްޕީއެލްގެ ސީއީއޯގެ މަގަމަށް އިބްރާހިމް ޝަރީފު މުހައްމަދު އައްޔަންކޮށްފި އެވެ.
އެނާ އެ މަގާމަށް އައްޔަން ކުރެއްވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ބަދަލު ކުރެއްވުމުގެ ކުރިން ޝަރީފު ހުންނެވީ އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ. އޭނާ ވަނީ އެލައިޑް އިންޝުއަރެންސް ބޯޑުގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި މޯލްޑިވްސް ގޭސްގެ ބޯޑުގެ ޗެއާމަންކަން ވެސް ކުރައްވާފައިވެ އެވެ.