ސެމްސަންގް ކުންފުނީގެ އުފެއްދުންތަކަށް ހާއްސަ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން 15 ޕަސެންޓާއި 20 ޕަސެންޓާ ހަމައަށް ސެމްސަންގް ބްރޭންޑުގެ ޓީވީ އަދި ހޯމްތިއޭޓާ ސިސްޓަމުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯ އިން ގަންނަ ސެމްސަންގްގެ ކޮންމެ އުފެއްދުމަކަށް އެއް އަހަރު ދުވަހުގެ ސާވިސް ވޮރެންޓީ ލިބޭނެ ކަމަށެވެ. އަދި ސާވިސް ހިދުމަތް އެސްޓީއޯގެ ސާވިސް ސެންޓަރުން ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.