މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަކި ކުރެއްވި އައްބާސް އާދިލު ރިޒާ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސަވައިފި އެވެ.

އޭނާ އެ މަގާމަށް ހަމަޖެއްސެވިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މިއަދު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފި އެވެ.

ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމަށް އައްބާސް ހަމަޖެއްސެވީ، މި އަހަރުގެ މާޗު މަހު 11 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމުން ވަކި ކުރީ މިއަދު އެވެ.

އަދި ކަސްޓަމްސް ސާވިސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމަށް މިއަދު އައްޔަން ކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދެވެ.