17 Nov 2015, 15:41
ސީނިއާ ގައުމީ ބާސްކެޓްބޯލް ޓީމުށް ނެގި ކުޅުންތެރިންގެ މެދުގައި ބާއްވާ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ޓީމް ބްލެކާއި، ޓީމް ވައިޓުން ކާމިޔާބު ކޮށްފި އެވެ.
ގައުމީ ޓީމުގެ ކުޅުންތެރިން ހަތަރު ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ، ޓީމް ވައިޓާއި ޓީމް ބްލެކް އެވެ. މި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު 28 ޕޮއިންޓް 20 ޕޮއިންޓުން ކާމިޔާބު ކުރީ ޓީމް ބްލެކް އެވެ.
ކުޅިވަރު އެކުވެނި އައުޓްޑޯރ ބާސްކެޓް ކޯޓުގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކުރީ ޓީމް ރެޑާއި، ޓީމް ގްރީން އެވެ. އެ މެޗް 30 ޕޮއިންޓް 37 ޕޮއިންޓުން ކާމިޔާބު ކުރީ ޓީމް ގްރީން އެވެ.
މި މުބާރާތުގައި މި އަހަރު އަލަށް ގައުމީ ސްކޮޑުގައި ހިމެނުނު ޒުވާން ކުޅުންތެރިންނާއި މީގެ ކުރިން ވެސް ކުޅެފައިވާ ކުޅުންތެރިން ވާދަކުރެ އެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ ރެޑް، ވައިޓް، ބްލެކް އަދި ގްރީން އެވެ.