އަންނަ އަންގާރަ ހޮނިހިރު ދުވަހަކީ ފުޓްބޯޅައިގެ ދުނިޔެއަށް ފައިނަލެކެވެ. ކުޅިވަރު ނޫސްވެރިންނާއި ފުޓްބޯޅަގެ ތަޖުރިބާ ކާރުންގެ ނަޒަރުގައި އެ ކުރިމަތިލުމަކީ ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ ވަރުގަދަ ކުރިމަތިލުމެވެ.

މިސީޒަންގެ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ މަޝްހޫރު 'އެލްކްލެސިކޯ'ގެ ކުރިމަތިލުމެވެ. އެ މެޗަށް ޓިކެޓް ވިއްކަން ފެށިތާ ގަޑިއިރެއް ނުވަނީސް މެޗުގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ.

ރެއާލްއާ ބާސާއިން ވެސް ވަނީ އެ މެޗަށް ޚާއްސަކޮށް ޕްރަމޯޝަނަލް ހަރަކާތްތައް ހިންގާފަ އެވެ. އެގޮތުން ދެ ޓީމުން ވެސް ވަނީ ދެ ޓީމުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެ ޓީމަކަށް ސަޕޯޓް ކުރާކަން ހާމަކޮށްވަނީ އެޕްލިކޭޝަނެއް ތާރަފުކޮށްފަ އެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް އެކިފަރާތްތަކުގެ ފޭސްބުކް ވަނަވަރު ފޮޓޯ ބަދަލު ކުރަމުގެ ފޯރި ވައިގައި ހިތްޕާލާފައިވާއިރު އެއެޕްލިކޭޝަންގެ ވާހަކަ މީޑިއާގެ ސުރުހީއަށް އޮއްސާލީ ކުރިން އެލްކްލެސިކޯގެ ކުރިމަތިލުންތަކުގައި ކުޅެފައިވާ ރެއާލްގެ ކުރީގެ މިޑްފީލްޑަރު އެންހަލް ޑީމާރިއާ އެއެޕްލިކޭޝަން މެދުވެރިކޮށް ރެއާލްއަށް ތާއީދުކުރާކަން ހާމަ ކުރުމުނުންނެވެ.

ޕީއެސްޖީގެ ޖޯޒީއާއެކު ނަގާފައިވާ ފޮޓޯގައި ވަނަވަރު ފީޗާ ބަދަލު ކުރުމަށްފަހު ޑިމާރިއާ ލިޔެފައިވަނީ "ކަމޯން މެޑްރިޑް" މިހެންނެވެ.

ޑީމާރިއާ ވަނީ އޭނާ ރެއާލްގައި ހޭދަ ކުރި ހަތަރު އަހަރުގެ ކެރިއާގައި އޭނާ ވަނީ ކްލެސިކޯގައި އަށް ފަހަރު ކުޅެފައެވެ. އަދި އޭނާއަކީ މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނައިން ކްލެސިކޯ މެޗްތަކުގައި ކުޅެފައިވާއެއް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.