މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި އައްބާސް އާދިލް ރިޒާ އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު އެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

އައްބާސް ކަސްޓަމްސް އިން ވަކިކޮށް ޖުނައިދު އެ މަގާމަށް އައްޔަން ކުރެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު އަބްދުﷲ މުއާޒު އަލީ ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އައްބާސް މަގާމުން ވަކިކުރެއްވީ ކީއްވެގެން ކަމެއް މުއާޒު ވިދާޅެއް ނުވެ އެވެ.

ޖުނައިދުގެ ބަދަލުގައި އެމްޕީއެލް އަށް ބޭފުޅަކު އައްޔަން ކުރެއްވިތޯ ދެންނެވުމުން މުއާޒު ވިދާޅުވީ އަދި އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރައްވާ ކަމަށެވެ.