ކެނެޑާގެ ދެ ރައްޔިތަކު އުފަންވުމުގެ ތެރޭގައި އޮޅުވާލާފައިވާ ކަމަށް ކެނެޑާގެ މަނިޓޮބާ ޕްރިވިންސްގެ ސަރުކާރުން ބުނެފި އެވެ.

އެ ޕްރޮވިންސުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، ގާތް ރަހުމެތްތެރިންގެ ގޮތުގައި ބޮޑުވި އެ ގައުމުގެ ދެ ރައްޔިތުން ކަމަށްވާ ކަމަށްވާ ލޫކް މޮނިއަސް އާއި ނޯމަން ބާކްމަން އުފަންވުމުގެ ތެރޭގައި އޮޅުވާލާފައި ވަނީ މީގެ 40 އަހަރު ކުރިން ކަމަށާއި، އެކަން އެނގުނީ ޝައްކު ކުރެވިގެން ހެދި ޑީއެންއޭ ޓެސްޓަކަށް ފަހުގައި ކަމަށެވެ.

ލޫކްގެ ސިފަ އޭނާގެ މައިންބަފައިންނާ ވައްތަރެއް ނޫންނެވެ. އޭނާ ވައްތަރު ވަނީ އޭނާގެ އެކުވެރި ބާކްމަންގެ އާއިލާއާއެކެވެ. ލޫކްގެ އުޅުމާއި ގުޅުން ވެސް އެންމެ ގާތް ކުރަނީ އެކުވެރިޔާގެ އާއިލާގެ މީހުނާ އެވެ. އެކުވެރި ބާކްމަން ވައްތަރު ވަނީ އޭނާގެ އެކުވެރިޔާގެ އާއިލާގެ މީހުންނާ އެވެ. އެކަން އެ އަވަށުގައި ދިރިއުޅޭ މީހުންނަށް ވެސް ފާހަގަ ކުރެވުނު ކަމަށްވެ އެވެ.

ކަން ހިނގައިދިޔަ ގޮތް މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، އެ ދެމީހުން އުފަންވި ނޯރވޭ ހައުސް ހޮސްޕިޓަލް ހިންގަމުން އަންނަ ކެނެޑާގެ ސިއްހީ ދާއިރާއިން އެއްވެސް ކޮމެންޓެއް މިހާތަނަށް ކޮށްފައި ނުވެއެވެ.

ފްރާންސް ގައި ހިނގި މިފަދަ ހާދިސާއެއްގައި 20 އަހަރު ކުރިން އުފަން ވުމުގައި އޮޅުވާލާފައިވާ ދެ އަންހެނަކަށް އެކަމުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 400،00 ޔޫރޯ ދިނުމަށް އެގައުމުގެ ކޯޓަކުން ވަނީ ހުކުމް ކޮށްފައެވެ.