17 Nov 2015, 11:33
ރާއްޖޭގެ ގައުމީ ތަރައްގީއާއި ލާބަޔާއި މަންފާ ލިބިދޭފަދަ އަގުހުރި ޚިދުމަތްކޮށްދެއްވާފައިވާ އަންހެނުންނަށް ކޮންމެ އަހަރަކު ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިމަތިލިމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަހަރުގެ ނިޔަލަށް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި އެވެ.
އެ އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލެފިވައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
އެންމެ ފުރަތަމަ ރެހެންދި އެވޯޑު ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. އެފަހަރު އެވޯޑު ހާސިލުކޮށްފައި ވަނީ ރާއްޖޭގެ މޮޅު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އާއި މޮޅު ކޭކުއެޅުންތެރިޔާ އާމިނަތު ނަޝީދާއެވެ.
މިއަހަރުގެ ރެހެންދި އެވޯޑު ލިބިފައި ވަނީ މަޝްހޫރު ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ އާއި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ އއ. ތޮއްޑޫ ދޫރެސް، ގަމީރާ އާދަމަށެވެ.
އެ އެވޯޑު ދެނީ ކޮންމެ އަހަރަކު ވެސް މާޗް އަށެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުއެވެ.