17 Nov 2015, 11:01
މިއަހަރުގެ އެންމެ މަގުބޫލު ބަހުގެ މަގާމު ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ ނިޝާނަކަށް ނުވަތަ "އިމޯޖީ"އަކަށް ލިބިއްޖެ އެވެ. އެ ނިޝާން މިހާރު ވަނީ ޑިކްޝަނަރީގައި ހިމަނާފަ އެވެ.
އޮކްސްފޯޑް ޑިކްޝަނަރީސް އިން ކޮންމެ އަހަރަކު ދެމުން އަންނަ "ވޯޑް އޮފް ދަ އިޔާ" މިފަހަރު ހޯދީ ކަރުނައިން ހެވިދިލިފައި ހުރި މޫނަކަށެވެ. އެ ނިޝާނަށް އާންމުކޮށް ކިޔަނީ "ފޭސް ވިތު ޓިއާސް އެންޑް ޖޯއި" އެވެ. އެއީ ފޯނުތަކުންނާއި އިންޓަނެޓުގައި ޓެކްސްޓްކޮށް ހެދުމުގައި ގިނަ ބަޔަކު ބޭނުންކުރާ ޕިކްޓޯގްރާފް އިމޯޖީ އެކެވެ. މިއީ އަހަރުގެ ބަހުގެ މަގާމު ނިޝާނަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ބަހެއްގެ ބަދަލުގައި އޮކްސްފޯޑުން އިމޯޖީއެއް ނުވަތަ ނިޝާނެއް ޑިކްޝަނަރީގެ ލިސްޓަށް ހިމަނާފައިވާ މިއީ ފުރަތަމަ ފަހަރެވެ.
އޮކްސްފޯޑުގެ މާހިރުން ދެކޭ ގޮތުގައި ޑިކްޝަނަރީގައި އިމޯޖީ އެއް ޖެހުމަކީ އިންސާނުން ޑިޖިޓަލް ދުނިޔޭގައި އުޅެ މައިގަނޑު ބައެއްގައި ހިމެނިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

ވޯޑް އޮފް ދަ އިޔާ އަށް ޝޯޓްލިސްޓު ކުރި ބަސްތައް---
ގިނަ ބައެއްގެ މެދުގައި މިހާރު ކުރެވެމުންދާ ސުވާލަކީ އަހަރުގެ ބަހުގެ ގޮތުގައި އިމޯޖީއެއް ހޮވުމާގުޅޭ ގޮތުންނެވެ. މިއަހަރުގެ ބަހުގެ މަގާމަށް ވާދަކުރި ބަސްތަކުގެ ތެރޭގައި "ދޭ" އާއި "ލަމްބަސެކްޝުއަލް" އަދި "ރެފިއުޖީ" ހިމެނެއެވެ.
މިއަހަރުގެ ބަހުގެ މަގާމަށް ވާދަކުރި ރަނގަޅު ބަސްތަކުގެ ތެރޭގައި "އެޑް ބްލޮކާ" އާއި "ޑާކް ވެބް" ހިމެނެއެވެ. ނަމަވެސް އާންމުން ރުޅި އަންނަ ފަދަ ބަސްތަކުގެ ތެރޭގައިވާ "އޮން ފްލީކްް" އާއި "ލަމްބަސެކްޝުއަލް" ހިމެނެއެވެ.
"އިމޯޖީއަކީ އަބަދުވެސް މީހުން ޓެކްސްޓް ކުރުމަށް ބޭނުން ކުރަމުން އައި އެއްޗެއް. ނަމަވެސް ވޭތުވެ ދިޔަ އެއް އަހަރުގެ ތެރޭގައި އިމޯޖީ ވަނީ އިންޓަނެޓުގައި ވަރަށް މަގުބޫލުކަން ހޯދާފައި،" އޮކްސްފޯޑުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އޮކްސްފޯޑުގެ އަހަރުގެ ގޮތުގައި 2012 ވަނަ އަހަރުން ފެށިގެން އަންނަނީ "ކޫސަނި" ބަސްތައް ބޭނުން ކުރަމުން ކަމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އެގޮތުން 2012 ވަނަ އަހަރު ވަނީ "ހޭޝްޓެގް" ބަހެއްގެ ގޮތުގައި ތައާރަފުކޮށްފައެވެ. އަދި 2013 ވަނަ އަހަރު ވަނީ ނައުން އެއް އަދި ޕާޓްސް އޮފް ސްޕީޗެއްގެ ކުރިއަށް "ބިކޯޒް" ބޭނުން ކުރުން ބަހެއްގެ ގޮތުގައި ހަދާފައެވެ. ވޭތުވެ ދިޔަ އަހަރުގެ ބަހެއްގެ ގޮތުގައި ހޮވާފައިވަނީ "Blacklivesmatter#" އެވެ.