މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިތުރު ފަސް މެމްބަރަކު އައްޔަންކުރައްވައިފި އެވެ.

އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާތަނަށް ތިއްބެވީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ތައްޔިބު މުހަންމަދު ވަހީދާއި، ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ ސައިމަން މައިކަލް ހޯކިންސް އެވެ.

ރައީސް އޮފީހުން ބުނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުންން އައްޔަންކުރައްވައިފައިވަނީ މައިގަނޑު ތިން ދާއިރާއަކުން ކަމަށެވެ. އޭގެ ތެރޭގައި ޓުއަރިޒަމް އިންޑަސްޓްރީ ތަމްސީލުކުރައްވާ ތިން ބޭފުޅުން ހިމެނޭއިރު އަނެއް ދެބޭފުޅުން ތަމްސީލު ކުރައްވަނީ ފޮރިން އިންވެސްޓްމެންޓުގެ ދާއިރާއާއި ޓްރެވެލް އޭޖެންޓުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޓުއަރިޒަމް އިންޑަސްޓްރީ ތަމްސީލުކުރައްވަނީ މއ. ވަހާރި، ހުސައިން ހިލްމީ އާއި ބ. އޭދަފުށި، ޗާންދަނީގެ އަހުމަދު ނަޒީރު އަދި މއ. ރައުފަތުގެ ފާތިމަތު ވިޝާ މާހިރެވެ. ޓްރެވަލް އޭޖެންޓް/ޓުއަރ އޮޕަރޭޓަރުންގެ ފަރާތުން ހުންނަވަނީ މ. މައިމަގުމަތީގެ ޔޫސުފް ރިފްއަތެވެ. އަދި ފޮރިން އިންވެސްޓްމަންޓުގެ ދާއިރާއިން ގ. ހައްދުންމަތީގެ ފާތިމަތު ނިއުމާ އެވެ.