04 Apr 2011, 17:49
އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(ގެ ވެބްސައިޓް އާކޮށް، ވެބްސައިޓް މެދުވެރިކޮށް ކޮމިޝަނުން ނިންމާ މައްސަލަތަކާއި ޚަބަރުތައް އާންމުކުރަން ފަށައިފި އެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުގެ ވެބްސައިޓް އާފަރުމާއަކާ އެކު، ކޮމިޝަނުން އާންމު ކުރާ ނޫސްބަޔާންތަކާއި، ކޮމިޝަނުން ނިންމާ މައްސަލަތަކާ ގުޅިގެން އާންމުކުރާ ހަބަރުތަކާއި ނިންމާ އެހެނިހެން ނިންމުންތަކުގެ މައުލޫމާތު ވެބްސައިޓްގައި ފެންނަން ހުންނާނެ ކަމަށެވެ. އަދި ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ މަގު ފަހިވެފައިވާ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީގެ ވެބްސައިޓް އާ ކުރުމާއާ އެކު، އެ ކޮމިޝަންގެ ވެބްސައިޓް އަޕްޑޭޓް ކުރަން ފެށީ އެތައް މަސްތަކަކަށް ފަހު އެވެ.
މީގެ ކުރިން އެ ކޮމިޝަންގެ ނޫސް ބަޔާންތަކާއި މައްސަލަތަކުގެ ނިންމުންތަކުގެ މައުލޫމާތު މީޑިއާއާ ހިއްސާ ކުރަނީ ފެކްސްގެ ޒަރިއްޔާއިން ނެވެ.