16 Nov 2015, 10:07
ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ގައުމީ ފިރިހެން ވޮލީބޯލް ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތް މި މަހު ފެށުމަށް ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ވޮލީބޯލް އެސޯސިއޭޝަނުން އިއްޔެ ނެރެފައިވާ އިއުލާނުގައި ވާ ގޮތުން، ގައުމީ ފިރިހެން ވޮލީ ލީގު ފަސް ޓީމާއެކު އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕޮއިންޓް އުސޫލުން ކުޅޭ މި ލީގުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ގައުމީ ފިރިހެން ވޮލީ މުބާރާތައް ކޮލިފައިވާނެ އެވެ.
ލީގުގައި ކުޅޭ ފަސް ޓީމަކީ، ސްޕޯޓްސް ކުލަބު ސިޓީ، ގުޑީސް ސްޕޯޓްސް ކުލަބު، ދިވެހި ސިފައިންގެ ކުލަބު، މޯލްޑިވިއަން ރެކްރިއޭޝަން ކުލަބު އަދި ޕޮލިސް ކުލަބު އެވެ.
ގައުމީ ފިރިހެން ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ލީގުގެ ކުޅުން މި މަހުގެ 30 ވަނަ ދުވަހު ނިންމުމަށްފަހު އަންނަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ލީގުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމާ އެކުގައެވެ.