15 Nov 2015, 16:32
ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ދޭ ގަޑި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން މިއަދު އިތުރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ ޚިދުމަތްދޭ ގަޑިއަށް ބަދަލުގެނައުމަށް ނިންމާފައި ވަނީ މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 6:00 އަށް ޕާސްޕޯޓުގެ ޚިދުމަތްދޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އެގޮތަށް ނިންމީ ސްކޫލް ބަންދާ ގުޅިގެން ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ ރައްޔިތުން އަންނާތީ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ ބަދަލާ ގުޅިގެން 8:15 އާއި 10:15އާ ދެމެދު ޕާސްޕޯޓަށް އެދި ފޯމް ހުށަހެޅުމުން އެދުވަހެއްގެ 1:00 ގެ ފަހުން ޕާސްޕޯޓު ދޫކުރާނެ ކަމަށެވެ. އަދި 10:00 ގެ ފަހުން ހުށަހަޅާ ފޯމްތަކަށް ޕާސްޕޯޓު ދޫކުރެވޭނީ ޖެހިގެން އަންނަ ސަރުކާރު ބަންދުނޫން ދުވަހެއްގައި ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.