ޕެރިސް (ނޮވެމްބަރު 15):ފުރާންސުގެ ވެރިރަށް ޕެރިހަށް ދިން ހަމަލާތަކުގެ ތެރެއިން އެގައުމުގެ ގައުމީ ސްޓޭޑިއަމަށް ޖާނުން ފިދާ ވެގެން ދިން ހަމަލާ އިން ސަލާމަތްވީ އޭނާގެ ފޯނުގެ ސަބަބުން ކަމަށް ސިލްވެސްޓާ ނަމަކަށް ކިޔާ މީހަކު ބުނެފި އެވެ.

ސިލްވެސްޓާ ބުނީ ސްޓޭޑިއަމްގައި ބޮން ގޮއްވާފައި ވަނީ އޭނާ ފޯނު ކޯލެއް ކޮށް ނިންމި ވަގުތު ކަމަށެވެ. އޭރު އޭނާ ހުރީ ބޮން ގޮއްވި މީހާއާ މާ ދުރު ނޫން ހިސާބެއްގަ އެވެ.

އޭނާގެ ސެމްސަންގު ފޯނު ދައްކަމުން ސިލްވެސްޓާ ބުނީ، ބޮން ގޮވުމުގެ ސަބަބުން އޭނާ އާ ދިމާލަށް އައި ބޮމުގެ އެތި ކޮޅެއް ފޯނު ބޭނުންކޮށްގެން ނުހުއްޓުވުނު ނަމަ އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާ ވާނެ ކަމަށެވެ. އެ ހާދިސާގައި އޭނާގެ ފޯނުގެ ސްކްރީން ވަނީ ތެޅިފަ އެވެ.

ަަ ފޯނުގެ ސްކުރީން ވަނީ ތެޅިފަ -- ފޮޓޯ: ރޮއިޓާސް

ސްޓޭޑިއަމްގައި ދިން އެ ހަމަލާގެ ސަބަބުން ހަ މީހަކު މަރުވި އެވެ.

ޕެރިހުގައި ހުކުރު ދުވަހު ދިން ހަމަލާތަކުގެ ސަބަބުން 125 މީހަކު މަރުވި އެވެ. އަދި 180 މީހުންނަށް ވަނީ އެކިވަރުގެ ޒަޚަމް ވެފަ އެވެ.

މައުލޫމާތު: ޓެލެގުރާފް