ޔޫކޭ އިން ދެމުން އަންނަ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ ތެރެއިން ގްލޯބަލް ކެޓަގަރީން "ލަގްޒަރީ ވޯޓާ ވިލާ"ގެ އެވޯޑް ޕެރަޑައިސް އައިލެންޑް ރިސޯޓަށް ލިބިއްޖެ އެވެ.

ހޮންކޮންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެވޯޑާ ހަވާލުވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް އެވެ.

އެ ރިސޯޓުން ވަނީ 2013، 2014 އަދި މި އަހަރު ވެސް ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްގައި އިންޑިއާ ކަނޑުގެ ލަގްޒަރީ ވޯޓާ ވިލާގެ އެވޯޑް ވެސް ހޯދާފަ އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުން އެ އެވޯޑް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދި އިރު، އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް އަށް ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުން އެންމެ ރަނގަޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ދީފަ އެވެ.

ގައިސަރަށް އެވޯޑް ހަވާލުކޮށްދެއްވަނީ

އެކަމާ ގުޅިގެން ގައިސަރު ވިދާޅުވީ، އެ އެވޯޑް އޭނާއަށް އަދި ޕެރަޑައިސް އައިލެންޑް ރިސޯޓަށް ލިބުމަކީ ތަނުގެ ހުރިހާ މުވައްޒަފުން ވެސް ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

އެ އެވޯޑްތަކުގެ އިތުރުން ޕެރަޑައިސް ރިސޯޓުން ވަނީ ރާއްޖޭގެ ފެންވަރުގައި އަދި އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ ފެންވަރުގައި ވެސް ގިނަ އެވޯޑް ތަކެއް ހޯދާފަ އެވެ.