14 Nov 2015, 15:57
ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ޕޮލިސް ކްލަބުން ފަސޭހަކަމާއެކު ގުޑީސް ސްޕޯޓްސް ކުލަބް ބަލިކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައި ވަނީ ގޫޑީސް ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ 0-3 ސެޓުންނެވެ. އެ މެޗުގެ ތިން ސެޓް ވެސް ޕޮލިސް ކުލަބު ކާމިޔާބުކޮށްފައި ވަނީ 25-15 އިންނެވެ.
މި މެޗު މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޕޮލިސް ކުލަބުގެ އައިޝަތު ޝައްފަ އެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޮލިސް ކުލަބު ވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ގްރޫޕް ސްޓޭޖްގައި ޕޮލިސް ކުލަބް ކުޅޭ ފަހު މެޗުގައި ވާދަ ކުރާނީ ކުލަބް ޕޯލް ސްޓާއާއެވެ.
އެ މުބާރާތުގައި ވާދަކުރާ ހަތް ޓީމަކީ ނައިފަރު ޖުވެނައިލް އާއި، ކުލަބު ޕޯލްސްޓާ އާއި، ފޮނަދޫ ޒުވާނުންގެ ރޫހާއި، ޕޮލިސް ކުލަބާއި، މަތިމަރަދޫ ޒުވާންގެ ޖަމިއްޔާ އާއި، ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބު އަދި ގުޑީސް ސްޕޯޓްސް ކުލަބެވެ.
އެ މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއި، ގުޑީސް ސްޕޯޓްސް ކުލަބެވެ. އެމުބާރާތުގެ ސެމީފައިނަލަށް ދަތުރު ކުރާނީ އެންމެ މޮޅު ހަތަރު ޓީމެވެ. ފައިނަލް މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.