14 Nov 2015, 14:17
ސަލްމާ ޚާންއާ ބެހޭ ގޮތުން އާއްމު ތަންތާނގައި ވާހަކަ ދެއްކުމަކީ އޭނާގެ "މިހާރުގެ ގުޅުމަށް" އިޚްތިރާމް ކުޑަ ކުރުން ކަމަށް، ދެކޭ ކަމަށް ކެޓްރީނާ ބުނެފިއެވެ.
ކެޓްރީނާ އެހެން ބުނީ ނިރެންޖަން އިޔެންގާގެ ޓޯކު ޝޯވްގައި ސަލްމާން ޚާން އާއި ކެޓްރީނާއާ ދެމެދުގައި އޮތް ގުޅުމާއި ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.
"މިހާރުގެ ގުޅުމަށް އިހުތިރާމް ކުޑަ ކުރެވުން ކަމަށް އަހަރެން ދެކެނީ ސަލްމާންޚާން އާއި އޭނާގެ އާއިލާ އާއި ގުޅޭގޮތުން މީޑިއާގައި ވާހަކަ ދެއްކުން އެއީ" ކެޓްރީނާ ބުންޏެވެ.
"އޭނާ އަކީ ވަރަށް ރަނަގަޅު މީހެއް. މި އިންޑަސްޓްރީގައި އުޅޭ މީހުންނާއި ނޫޅޭ މީހުން އެކަން ދަންނާނެ،"
ސަލްމާންގެ މައިން ބަފައިންނާއި އާއިލާ މީހުން ވަރަށް ރަނގަޅު ކަމަށާއި، އެ މީހުން އޭނާ އާއި މެދު ކަންތައް ބެހެއްޓީ އަމިއްލަ ދަރިއަކާ މެދު ކަންތައްތައް ބަހައްޓާ ފަދައިންކަމަށް ވެސް ކެޓްރީނާ ބުންޏެވެ.
މިހާރުގެ ގުޅުމާއި ރަންބީރާއި ދެ މީހުންގެ ކައިވެނީގެ ޕްލޭންތަކާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ކެޓްރީނާ ބުނީ އެ ދެ މީހުންނަކީ "އަބަދުގެ ވެސް ރައްޓެހިން" ކަމަށެވެ.