14 Nov 2015, 09:30
ޓޯކިޔޯ (ނޮވެމްބަރ 14) : ޖަޕާނުގެ ދެކުނު-ހުޅަނގު އައްސޭރިއަށް އައި 7.0 މެގްނިޓިއުޑުގެ ބިންހެލުމުގެ ސަބަބުން އެގައުމުގެ އެންމެ ދެކުނަށް އޮންނަ އެއްރަށް ކަމަށްވާ ނަކަނޮޝިމާ އަށް އުދަ އަރައިފި އެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން ބުނި ގޮތުގައި ބިން ހެލުން އައިސްފައި ވަނީ 10 ކިލޯ މީޓަރު އަޑިން ކަގޮޝީމާ ސިޓީގެ 190 ކިލޯ މީޓަރު ދުރުންނެވެ. އަދި އޭގެ ސަބަބުން 30 ސެންޓިމީޓަރުގެ ރާޅެއް ނަކަނޮޝިމާ އަށް އެރި އެވެ.
އުދަ އެރުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.
ޖޭއެމްއޭ އިން މިހާރު ވަނީ ބިން ހެލުމަށް ފަހު އެ އޭޖެންސީ އިން ދިން ސުނާމީގެ އިންޒާރު އަނބުރާ ނަގައިފަ އެވެ.
ޖަޕާނަށް 2011ގައި އައި ބިންހެލުމަކަށް ފަހު އެގައުމަށް އެރި ސުނާމީއެއްގެ ސަބަބުން އެގައުމުގެ 18،000 މީހުން ވަނީ މަރުވެފަ އެވެ.
މައުލޫމާތު: ބީބީސީ