04 Apr 2011, 10:54
ހދ. މަކުނުދޫގައި ހަތަރު ފިރިހެނަކު ބަކަރިއަކާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މަކުނުދޫގައި ބަޔަކު ބަކަރިއަކާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް އިއްޔެ ރިޕޯޓް ކުރުމުން އެ މައްސަލަ ފުލުހުން ވަގުތުން ބަލަން ފަށާފައިވާ ކަމަށެވެ.
"އެ ރަށުގައި އޮންނަ ބަކަރިއަކާ ގުޅުންތަކެއް ހިންގި ކަމުގެ ޝަކުވާ ލިބިގެން ދެ މީހެއްގެ މައްސަލަ މި ބަލަނީ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަކަރި އެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
"އަދި އަޅުގަނޑުމެން އެއްވެސް މީހަކު ހައްޔަރެއް ނުކުރަން. ސުވާލުކުރަމުން މި އަންނަނީ. އެ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ މީހުންނާ ވެސް،" ޝިޔާމް ވިދާޅުވި އެވެ.
މަކުނުދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ ރަށު ފިރިހެނުންތަކެއް ބަކަރިއަކާ އެކު ޖިންސީ ގުޅުންތަކެއް ހިންގަމުން ގެންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެމީހުން، އެ ހަޑިހުތުރު އަމަލު ހިންގާ ކަމުގެ ނިޝާންތައް ބަކަރިން ފެންނަން ހުރި ކަމަށް، ބަކަރި ބަލަހައްޓާ މީހާ ވެސް ބުނާ ކަމަށެވެ.
"އިއްޔެ މި ފަޅާ އެރީ. މި ވީ ގޮތަކީ ބަކަރި ބަލަހައްޓާ މީހާ ކޮށިކައިރިއަށް ދިޔައިރު، މިބަކަރި ކޮށްޓަކު ނެތް، އޭނާ ބަކަރި ހޯދަނިކޮށް ފެނުނީ ރަށުގެ ތުނޑިމަތީގައި ބަކަރި ނުހިގިނފައި އޮއްވައި،" އެމީހާ ބުންޏެވެ.
މިދިޔަ ހަފްތާ ތެރޭގައި ވެސް ތިން މީހަކު ވެގެން ވަނީ އެ ރަށުގައި އުޅޭ އިންޑިޔާގެ އަންހެނަކު ރޭޕްކޮށްލައިފަ އެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.