12 Nov 2015, 14:21
މާލޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީ އަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދަންޖެހިގެން މަރުވެފައި ވަނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
އެމީހާ ދަންޖެހިފައިވާ ކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ފެންނަން ހުރިތޯ ސުވާލުކުރުމުން ފުލުންގެ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.