12 Nov 2015, 11:25
ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ގާނޫނީ ވަކީލުންގެ ދަތްފަރެއް އެކުލަވާލުމަށް ޓަކައި، އެތަނުގައި ރަޖިސްޓްރީވުމަށް ގާނޫނީ ވަކީލުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
ޑީޖޭއޭއިން އެ ފުރުސަތު ހުޅުވާލާފައި ވަނީ ސުޕްރީމް ކޯޓުގެ ދަށަށް ގާނޫނީ ވަކީލުކަމުގެ ހުއްދަދިނުމާއި ވަކީލުންނާ ބެހޭ އެންމެހައި ކަންތައްތައް ބަދަލުކޮށްފައިވާތީ އެވެ.
މީގެ ކުރިން ވަކީލުންނާ ގުޅޭ ކަންތައް ކުރިއަށްގެންދިޔައީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.
ޑީޖޭއޭ އިން ކުރި އިއުލާނެއްގައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ކުރިން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ބޭފުޅުން އެ ދަތްފަތުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.
އެހެންކަމުން އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އެދަފްތަރުގައި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމްފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް ޑީޖޭއޭ އިން ވަނީ އަންގައިފަ އެވެ.