12 Nov 2015, 08:32
ބުރުޖު ކުނިބުނި ބުވަތަ 'ސްޕޭސް ޖަންކްސް'ގެ ތެރެއިން “WT1190F"ގެ ނަން ދެވިފައިވާ އެއްޗެއް 13 ނޮވެމްބަރު 2015ވާ ހުކުރު ދުވަހު ހެނދުނު ދުނިޔެއަށް ވެއްޓޭނެ ކަމަށް ސައިންސްވެރިން ބުނެފި އެެވެ.
ސްރީލަންކާގެ 100 ކިލޯ މީޓަރު ދެކުނުން، ކަނޑުގެ ސަރަހައްދަށް ވެއްޓޭ ރޮކެޓެއްގެ ބައެއް ކަމަށް ބެލެވޭ މި ކުނިގަނޑު ދުނިޔެއަށް ވެއްޓޭނީ ރާއްޖޭ ގަޑިން ހެނދުނު 11:20 އެހާކަންހާ އިރު ކަމަށް ބެލެވެ އެވެ.
މީތި ދުނިޔޭގެ ފަށަލައަށް ވަނުމާ އެކު އަނދައިގެން ދާނެތީ، ދުނިޔެއަށް ފެންނާނީ އަލިގުޅައެއްގެ ގޮތުގަ އެވެ.

ސްޕޭސް ޖަންކްސް ނުވަތަ ބުރުޖު ކުނިބުނީގެ ގޮތުގައި ބެލެވޭ މިފަދަ އެތަކެއް ހާސް އެތިއެތިކޮޅު ދުނިޔޭގެ ބޭރު ފަށަލައިގެ ވަށައިގެން އެނބުރޭ. މިފަދަ ކުނިބުނީގެ ބައެއް ނޮވެމްބަރު 13ގައި ދުނިޔެއަށް ވެއްޓޭނެ -- ފޮޓޯ: ނާސާ
ދިގު މިނުގައި 2 ފޫޓާއި 7 ފޫޓާ ހުންނަ އަދި ބަރުދަނުގައި 250 ކިލޯ އާއި 2500 ކިލޯ ގްރާމްގެ ބަރުދަން ހުންނާނެ ކަމަށް ބެލެވޭ މި ކުނިގަނޑު ރާއްޖޭ ގަޑިން ހެނދުނު 11:17 އެހާކަންހާއިރު ރާއްޖޭގެ އުތުރުން ހުރަސް ކުރާނެ އެެވެ.
ބުރުޖު ކުނިބުންޏަކީ އަކީ އިންސާނުން ޖައްވަށް ފޮނުވާފައިވާ ތަކެތީގެ ތެރެއިން ބޭނުން ކެނޑިފައިވާ ތަކެއްޗަށް ކިޔާ ނަމެކެވެ. އެތައް މިލިއަނުން އަދަދު ކުރެވޭ މި ކުނިތަކުގެ ދުވެލި ގަޑިއަކު 28،000 ކިލޯ މީޓަރާ ހަމައަށް ދެ އެވެ.