PG Muhthaaz aa eku veyvvi Sub committee kuriah nugendhevigen huttaalaifi
PG Muhthaaz aa eku veyvvi Sub committee kuriah nugendhevigen huttaalaifi

Last Updated:
1 decade 2 week ago

ޕީޖީ ހާޒިރުކުރި ކޮމެޓީ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި

    ބުލޮގު ޚުލާސާ

    ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ސަބް ކޮމެޓީން ފާސްކޮށްފި އެވެ.

    PG Muhthaaz aa eku veyvvi Sub committee kuriah nugendhevigen huttaalaifi
    PG Muhthaaz aa eku veyvvi Sub committee kuriah nugendhevigen huttaalaifi

    ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ވިލުށުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.

    ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް މިއަދު ވައްދާފައިވާ އިރު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އެހެންނަމަވެސް ޕީޖީ މުހުތާޒު އެކަން ވެސް ވަނީ ދޮގު ކުރައްވާފަ އެވެ.

    އެކަމާ ގުޅޭ ގޮތުން ޕީޖީ މުހުތާޒު ވިދާޅުވީ އޭނާ އެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގެން ކަމަށާއި އޭނާގެ މަގާމާ މެދު ގޮތެއް ނިންމަވާނީ ވެސް ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

    18:49އާދަމް ނަޒީރު

    ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މަޖިލީސް މެމްބަރު އަލީ ހުސައިނާއި އިތުރު މަޖިލީސް މެމްބަރުންތަކަކާއެކު މަޖިލީސް އިދާރާ ކައިރީ ހުންނަ ރެސްޓައުރެންޓެއްގައި ވަގުތު ހޭދަކޮށްފައި ވާނެ ކަމަށާއި އަލީ ހުސައިނަކީ ރިޔާސީ ލޯންޗުކޮޅު މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ އެއްވެސް މީހެއްގެ ވަކީލެއް ނޫން ކަމަށް ޕީޖީ މުހުތާޒު ވިދާޅުވި.

    އަލީ ހުސައިނަކީ ސްކޫލްދައުރުގައި އެއްކްލާހެއްގައި ކިޔެވި ބޭފުޅެއް ކަމަށާއި އިސްތއިުފާދެއްވަންޖެހޭ ސަބަބަކީ އަލީ ހުސައިނާ ބައްދަލުކުރުން ކަމުގައިވާނަމަ އިސްތިއުފާދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ޕީޖީ މުހުތާޒު ވިދާޅުވި

    18:44އާދަމް ނަޒީރު

    ޕީޖީ މުހުތާޒާ ގުޅޭގޮތުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅު އެމަނިކުފާނު ދޮގުކުރައްވައިފި.

    ޕީޖީ މުހުތާޒު ވިދާޅުވީ ރިޔާސީ ލޯންޗުކޮޅު މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ އެއްވެސް މީހެއްގެ ގާނޫނީ ވަކީލަކާ އެމަނިކުފާނު ބައްދަލު ނުކުރައްވާކަމަށް.

    18:40

    ގައުމީ ސަލާމަތައް ނުރައްކާވާފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށް ޕީޖީ މުހުތާޒު ވިދާޅުވި

    18:39އާދަމް ނަޒީރު

    އާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އަރިހުން އެދޭނެ ކަމަށް ވެސް ޕީޖީ މުހުތާޒު ވިދާޅުވި

    18:38އާދަމް ނަޒީރު

    ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެމްބަރުން އެމަނިކުފާނަށް ބޮޑެތި ތިން ތުހުމަތެއް ކުރައްވާ ކަމަށާއި އެކަމުން ބަރީޢަވާން ބޭނުންވާ ކަމަށް ޕީޖީ މުހުތާޒު ވިދާޅުވި

    18:37އާދަމް ނަޒީރު

    އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަސް އިސްތިއުފާ ނުދެއްވާނެ ކަމަށް ޕީޖީ މުހުތާޒު ވިދާޅުވި

    18:36އާދަމް ނަޒީރު

    ކޮމެޓީ ބައްދަލުވުމަށްފަހު ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ މުހުތާޒު ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ކަމަށް.

    18:36އާދަމް ނަޒީރު

    ސަބް ކޮމެޓީގެ ބައްދަލުވުން ހުއްޓަލަންޖެހުނީ ކީއްވެގެންކަމެއް އަދި ނޭނގޭ

    18:34އާދަމް ނަޒީރު

    ޕީޖީ މުހުތާޒު މުހުސިނާ އެކު ބޭއްވި މިނިވަންމުއައްސަސާތަކުގެ ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި

    15:33އާދަމް ނަޒީރު

    މިއަދު ހަވީރު 5:00 ގައި ޕީޖީ ހާޒިރުކުރުމަށްފަހު ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދާގޮތަށް ސަބް ކޮމެޓީ ނިންމާލައިފި

    15:31އާދަމް ނަޒީރު

    ސަބް ކޮމެޓީއަށް ފުލުހުން ހާޒިރުކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރަން ސަބް ކޮމެޓީން ވަނީ ފާސްކޮށްފައި

    15:30ފާތިމަތު ސައީދު

    ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ކުރައްވާ ތުހުމަތުތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާނީ ހަމައެކަނި މަޖިލީހުގައި ކަމަށް ޕީޖީ މުހުތާޒު މުހުސިން މިއަދު ސަން އަށް ވިދާޅުވި

    15:29ފާތިމަތު ސައީދު

    މަޖިލީހަށް ހާޒިރުވާން އަދި ދައުވަތު ލިބިފައިނުވާ ކަމަށް ޕީޖީ މުހުތާޒު މުހުސިން މިއަދު ސަން އަށް ވިދާޅުވެއްޖެ

    15:27

    ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ގާނޫނީ ވަކީލުންނާ ޕީޖީ ވަނީ ބައްދަލުކޮށްފައި ކަމަށް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި.

    15:25އާދަމް ނަޒީރު

    ޕީޖީ އޮފީހުގެ ބައެއް މެމްބަރުން ސަބް ކޮމެޓީއަށް ހާޒިރުކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވި

    15:23އާދަމް ނަޒީރު

    ޕީޖީ ސަބް ކޮމެޓީއަށް ހާޒިރުކުރަންވާއިރަށް ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން ވެސް އެ ކޮމެޓީން ވަނީ ފާސްކޮށްފައި

    15:22އާދަމް ނަޒީރު

    ޕީޖީ މުހުތާޒު މުހުސިން ސަބް ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައި ވަނީ މިއަދު ހަވީރު 5:00 އަށް.

    15:21އާދަމް ނަޒީރު

    ސަބް ކޮމެޓީގެ ބައްދަލުވުން އަދިވެސް ދަނީ ކުރިއަށް