10 Nov 2015, 11:41
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކޯޗްކަމާ ދާދި ފަހުން ހަވާލުވި ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ކުއްލި ގޮތަކަށް އެނބުރި ގައުމަށް ފުރަން ޖެހުމުން އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު)އާ ކްލަބ ހަވާލުކޮށްފި އެވެ.
ނިއު އިން ބުނީ ކަވަޒޮވިޗްގެ އަންހެނުންގެ ސިއްހީ ހަލާތުހުރިގޮތުން އޭނާ އެބުރި ގައުމަށް ގޮސްފައިވާ ކަމަށާއި އަންނަ ހަފްތާގައި އެނބުރި މާލެ އައިސް ޓީމާއި ގުޅޭނެ ކަމަށެވެ. ޕްރެޒިޑެންޓްސް ކަޕަށް ފަހު ނިއުގެ ހެޑްކޯޗުގެ މަޤާމަށް ކަވަޒަވިޗް ހަމަޖެއްސުމަށްފަހު އޭނާގެ އެސިސްޓަންޓަކަށް ހަމަޖައްސާފައި ވަނީ ސަމްޕަތު އެވެ.
ތަޖިކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކޯޗް ކޮށްދިން ކަވަޒޮވިޗްގެ އިރުޝާދުގެ ދަށުން ނިއު ވަނީ އުރީދޫ ދިވެހި ލީގުގައި މާޒިޔާ އާއި މަހިބަދޫ އަދި ކްލަބް އީގަލްސް އަތުން މޮޅުވެފަ އެވެ. އޭނާ ސާބިއާ އަށް ފުރީ ވެލެންސިއާ އަތުން މިދިޔަ ހަފުތާގައި 4-2 އިން ނިއު ބަލިވި މެޗަށް ފަހު އެވެ.
ނިއުއިން މިހާރު ޕްރެކްޓިސް ކުރިއަށް ގެންދަނީ ކަވަޒޮވިޗްގެ ލަފާގެ މަތިން އެސިސްޓެންޓް ކޯޗް ސަމްޕަތުގެ އިރުޝާދުގެ ދަށުންނެވެ.
ސަމްޕަތު މީގެ ކުރިން ހުރީ ނިއުގެ އެކަޑަމީގެ ކޯޗުކަމުގައެވެ. ނިއުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސި ނަމަވެސް، ނިއުގެ އެކަޑަމީގައި ސަމްޕަތު އަދިވެސް މަސައްކަތް ކުރާނެ އެވެ.