ރ. ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި 78،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން މިއަދު ބުނީ ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ވައްކަން ކޮށްފައިވަނީ ރޭ މެންދަމު 03:10 އެހާކަން ހާއިރު ކަމަށެވެ.

ކިނޮޅަހު ކައުންސިލުން މިއަދު ބުނީ އެ ކައުންސިލްގެ އިދާރާގައި ހުންނަ ކައުންސިލުގެ ތިޖޫރި ފަޅާލައިފައި ވަނީ އެތަނުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެގެން ކަމަށެވެ.

ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލި މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.