09 Nov 2015, 17:26
އިރާގާއި ފަލަސްތީނުގެ ފުލުހުން ތަމްރީނު ކުރުމަށް އުރުދުންގައި ގާއިމްކޮށްފައިވާ މަރުކަޒެއްގައި މަސައްކަތްކުރި އެމެރިކާގެ ދެމީހެއްގެ ގަޔަށް އުރުދުންގެ ފުލުހަކު ބަޑި ޖަހައި އެދެމީހުން މަރާލައިފިއެވެ.
ރޮއިޓާސް ނިއުސް އެޖެންސީއާ ހަވާލާދީ ބީބީސީ ބުނީ އެމެރިކާ ދެމީހުންގެ ގަޔަށް ބަޑި ޖެހި އުރުދުންގެ ފުލުސްމީހާ އަމިއްލައަށް މަރުވެފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގީ އުރުދުންގެ ވެރިރަށް އައްމާނުގެ ރަށްބޭރުގައިވާ މުވައްޤަރު ނަމަކަށް ކިޔާ ސަރަހައްދުގައިވާ މަރުކަޒެއްގައެވެ.
އުރުދުންގެ ފުލުސްމީހާ އެމެރިކާގެ ދެމީހުންގެ ގަޔަށް ބަޑި ޖެހީ ކީއްވެ ކަމެއް އަދި ނޭނގެއެވެ.