ހުޅުމާލޭގައި އެއާޕޯޓު ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ހަވީރު 4:10 އެހާކަށްހާއިރު ހުޅުމާލޭގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އެކަކަށް އަނިޔާވި ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އޭނާއަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. އަދި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމުގެ ގޮތުން އޭނާ މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.