08 Nov 2015, 20:53
ގއ. މާމެންދޫގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކަށް ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލާގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ދެ މީހަކާއި 18 އަހަރު ފުރިހަމަނުވާ ދެ ކުދިން ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް ރޭގެ ވަގުތެއްގައި މާމެންދޫއަށް ގޮސް މާމެންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއެކު ތަހުގީގުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ހާދިސާ ގައި އަނިޔާ ލިބުނު ބިދޭސީ މީހާ ވިލިނގިލި ހޮސްޕިޓަލަށް ރޭ ގެންގޮސްފައިވާ ކަމަށާއި މިހާރުވެސް އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވިލިނގިލި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.