08 Nov 2015, 14:13
ދިއްލީ (އޮކްޓޫބަރު 8) -- އިންޑިއާގެ ބިހާރު ސްޓޭޓުގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ބާރާތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ނަކާމިޔާބު ވެއްޖެ އެވެ.
ބީޖޭޕީއާ ދެކޮޅަށް ވާދަކުރި ގުރޭންޑް ކޯލިޝަން އިން ވަނީ ބިހާރުގެ 160 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ވެރިކަން ކުރާ ޕާޓީ އަށް ލިބިފައި ވަނީ 58 ގޮނޑި އެވެ.
ބިހާރަކީ އިންޑިއާގެ އެންމެ ބޮޑު އެއް ސްޓޭޓެވެ. އަދި 100 މިލިއަން ރައްޔިތުން ދިރި އުޅޭ ބިހާރަކީ އިންޑިއާގެ އެންމެ ފަގީރު ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބަކީ ބިހާރުގެ ތާރީހުގައި ބޭއްވުނު އެއްމެ ކާމިޔާބު އިންތިހާބެވެ. އިންތިހާބުގެ ސަލާމަތީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި ސީސީޓީވީ ކެމެރާއާއި ޑުރޯން ބޭނުން ކޮށްފައިވެ އެވެ. އަދި އަސްކަރިއްޔާ އިން ވެސް ވޯޓު ލާ ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުން ދެ އެވެ.
ބިހާރުގެ އިންތިހާބުގައި އެ ސްޓޭޓުގެ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 55 ޕަސެންޓް މީހުން ވޯޓު ލާފައިވާ ކަމަށް ބެލެވެ އެވެ.
މައުލޫމާތު: ބީބީސީ