މަޖިލީހުގެ ސެކިއުރީޓީ ބަލަހައްޓާ އާންމު މުވައްޒިފުން ވަޒީފާ އަށް ނުނިކުތުމަށް އަންގައިފި އެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ މަޖިލީހުގެ ސެކިއުރިޓީންގެ ތެރެއިން ސާޖެންޓް އެޓް އާމްސް ފިޔަވައި އިތުރު 22 ބޭފުޅަކު ވަކިގޮތެއް އަންގަންދެން ވަޒީފާ އަށް ނުނިކުތުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެހެން އެންގި ސަބަބެއް އޭނާ ވިދާޅެއްނުވެ އެވެ.

އެގޮތަށް އެންގި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަމީން އާންމު ވިދާޅުވީ "އަޅުގަނޑުގެ ސްޕީރިއާއިން އަޅުގަނޑަށް އެކަން އެންގެވީ އެމީހުންނަށް [ސެކިއުރިޓީން] އަށް އަންގާށޭ އެގޮތަށް،." ކަމަށެވެ.

އަމީން އާންމު ވިދާޅުވީ މަޖިލީހުގެ ސެކިއުރިޓީ މިވަގަުތު ބަލަހައްޓަމުން ގެންދަނީ ސިފައިން ކަމަށެވެ.

މަޖިލީހުގެ ސެކިއުރިޓީ އަށް ސާޖެންޓް އެޓް އާމްސްގެ ދަށުން މަސައްކަތްކުރާ ބޭފުޅުންނަކީ މަޖިލީހުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް މިދިޔަ ދައުރުގައި ހަމަޖެއްސެވި ބޭފުޅުންތަކެކެވެ.

އޭގެ ކުރިން މަޖިލީހުގެ ސެކިއުރިޓީ ބަހަލައްޓަމުން ގެންދިޔައީ ސިފައިންނެވެ.