އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމަށް އެ ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު އަބްދުލް މަންނާނު އައްޔަން ކުރައްވައިފި އެވެ.

އަލީ ޒާހިރު ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވިކަން އަދާލަތު ޕާޓީން ވަނީ މިއަދު ކަށަވަރުކޮށްދީފަ އެވެ.

އޭނާ އެ މަގާމަށް ހަމަޖެއްސެވީ އެޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން އިންތިއުފާދެއްވުމުންނެވެ.

އަލީ ޒާހިރަކީ މަދީނާ ޔުނިވާސިޓީން އިސްލާމީ ޝަރީއަތިގެ ރޮނގުން ބެޗްލާސް ޑިގުރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން އޭނާ ވަނީ ކޮމްޕެރެޓިވް ލޯސް އިން މާސްޓާސް ހާސިލު ކުރައްވައިފަ އެވެ.

އޭނާ އަކީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމްގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.