08 Nov 2015, 11:09
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސެޓަފިލް ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގައި ހެޔޮ އަގެއްގައި ވިއްކަން ފަށައިފި އެވެ.
ހަމުގެ ސިއްހަތަށް ހާއްސަ ސެޓަފިލް ބްރޭންޑުގެ ބޮޑީ ލޯޝަން އަދި ބޮޑީ ވޮޝް ހުރެ އެވެ. އެއީ ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ޕްރޮޑަކްޓެކެވެ.

ސެޓަފިލް ބްރޭންޑުގެ އުފެއްދުންތަކެއް އެސްޓީއޯ ސުޕަމާޓް ފިހާރައިގައި ބަހައްޓާފައި: އެ ކުންފުނިން މިއަދު ވަނީ މި ބްރޭންޑުގެ އުފެއްދުންތައް ހެޔޮ އަގެއްގައި ވިއްކަން ފަށާފައި ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެސްޓީއޯ އިން ބުނީ އެ ކުންފުނިން ސެޓަފިލްގެ ޕްރޮޑަކްޓްތައް ރާއްޖެ އަށް ތައާރަފްކުރަން ނިންމީ އެއީ ދިވެހިން ވަރަށް ބޮޑަށް ބޭނުންވާ ޕްރޮޑަކްޓަކަށް ވާތީ ކަމަށެވެ.
އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން ޕްރޮޑަކްޓްގެ ޑިސްޓްރިބުޓާޝިޕް ނެގުމުން އާންމުންނަށް އެއިން ގިނަ ފައިދާތަކެއް ވާނެ ކަމަށެވެ. ރާއްޖޭގައި އާންމުކޮށް އެ ޕްރޮޑަކްޓްގެ އުފެއްދުންތައް ވިއްކާ އަގާ އަޅާ ބަލާ އިރު، އެސްޓީއޯ އިން ސެޓަފިލްގެ އުފެއްދުންތައް ގާތްގަނޑަކަށް 20 ޕަސެންޓް ހެޔޮ އަގެއްގައި ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ސެޓަފިލް ބްރޭންޑުގެ އުފެއްދުންތަކެއް އެސްޓީއޯ ސުޕަމާޓް ފިހާރައިގައި ބަހައްޓާފައި: އެ ކުންފުނިން މިއަދު ވަނީ މި ބްރޭންޑުގެ އުފެއްދުންތައް ހެޔޮ އަގެއްގައި ވިއްކަން ފަށާފައި ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އޭގެ އިތުރުން އެ ކުންފުނިން ވަނީ އެ ޕްރޮޑަކްޓަށް ޑޮކްޓަރުން ހޭލުންތެރިކޮށް، އޭގެ ހާއްސަ ބޭނުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފަ އެވެ.
އެސްޓީއޯ ސުޕަމާޓް އަދި އެސްޓީއޯ ފާމަސީން ސެޓަފިލް ބްރޭންޑުގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ. އަދި އަންނަ ޖެނުއަރީ މަހު ހެންވޭރުގައި އެ ކުންފުނިން ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ފާމަސީއަށް އެ ޕްރޮޑަކްޓް ލާނެކަމަށް އޭނާ ވިދާޅުވި އެވެ.